Advertisement

މޮރިޝަސްއިން ގުޅުން ކަނޑާލުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫން: ރައީސް

02 Mar 2026 | 15:32
ރައީސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި - ފޮޓޯ: ރައީސް އޮފީސް

ޗާގޯސް މައްސަލައިގައި ރާއްޖެއާ ޚާރިޖީ ގުޅުން ސަސްޕެންޑްކުރުމަށް މޮރިޝަސް ސަރުކާރުން ނިންމި ނިންމުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސިފަކުރެއްވީ މޮރިޝަސްގެ އެ ނިންމުމަކީ ތާކުންތާކު ނުޖެހޭ، ވަރަށް "ނައިވް" އަދި "އިމެޗުއާ" ނިންމުމެއްގެ ގޮތުގައެވެ. ގުޅުން ކަނޑާލައިގެން ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށާއި، ޗާގޯސްގެ ހައްގުވެރި ފަރާތަކީ ރާއްޖެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement

"އެހެންވީމަ އެ ފެކްޓް ބަދަލެއް ނުވާނެ ގައުމަކުން މި ގައުމާ ގުޅުން ކަނޑާލުމަކުން. މަޝްވަރާ ކުރުމެއް ނެތި އަމިއްލަފުޅަށް ނިންމުމެއް ނިންމީ ވަރަށް ނައިވް، ވަރަށް އިމެޗުއާ. ރާއްޖޭގެ ސްޓޭންޑް ބަދަލެއް ނުވާނެ. ރާއްޖެ ކުރިއަށް ދާނީ މޯލްޑިވްސް ފަސްޓް ޕޮލިސީއާ އެކީގަ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިނގިރޭސިން ޗާގޯސް މޮރިޝަސްއަށް ދޫކޮށްލަން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރާއްޖެއިން ތައްޔާރުވަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ބައިނަލްއަގުވާމީ ގާނޫނީ ތަޖުރިބާކާރުންނާ ގުޅިގެން މިކަމުގެ ފުރިހަމަ ގާނޫނީ ރިވިއުއެއް ކުރިއަށްދާ ކަމަށާއި، މި މައްސަލައިގައި ރާއްޖޭގެ ކަންބޮޑުވުންތައް ނޮވެމްބަރު 2024 އާއި ޖެނުއަރީ 2026 ގައި އިނގިރޭސި ސަރުކާރަށް ރަސްމީކޮށް ހުށަހަޅާފައިވެއެވެ.

Advertisement

ކޮމެންޓް