Advertisement

އުރީދޫ ނޭޝަން އިން ކުރިއަށްގެންދިޔަ ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26 ކާމިޔާބުކަމާ އެކު ނިންމާލައިފި

01 Mar 2026 | 20:45
-

ޔޫތު ވުޒާރާއާ ގުޅިގެން އުރީދޫ ނޭޝަނުން ކުރިއަށް ގެންދިޔަ "ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26" ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މި ފެސްޓިވަލް ނިންމުމުގެ ގޮތުން ޔޫތު ހަބްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ވަޒީރު އިބްރާހީމް ވަޙީދެވެ. މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޝާދީ ޤަވާސްމީ އާއި ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށް އަދި ލޭން (LAN) ފޯމެޓަށެވެ. ޓެކެން އަދި އީއޭއެފްސީ މުބާރާތްތައް ޔޫތު ހަބްގައި ލޭން އިވެންޓްތަކެއްގެ ގޮތުގައި ކުރިއަށް ދިޔައިރު، ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގ ބޭންގ (އެމްއެލްބީބީ) ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. އީއޭއެފްސީގައި 20 ބައިވެރިން، ޓެކެންގައި 16 ބައިވެރިން، ޕަބްޖީ މޮބައިލްގައި 38 ޓީމު އަދި އެމްއެލްބީބީގައި 38 ޓީމު ވާދަކުރިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އީއޭއެފްސީން އެމްޔޫޖީ ޔާއިޝް، ޓެކެންގެ އެމްޔޫޖީ އަބާން، ޕަބްޖީ މޮބައިލުން ޑީޖީއެން ސިންޑިކޭޓް، އަދި އެމްއެލްބީބީން އެލްއެންއެން ސްލީޕިންގ ފޮރެސްޓެވެ.

ޖެހިޖެހިގެން ދެ ވަނަ އަހަރު މި ފެސްޓިވަލް ކާމިޔާބުކަމާ އެކު ނިންމާލެވުމުން ދޭހަވަނީ ރާއްޖޭގައި އީ-ސްޕޯޓްސްއަށް އޮތް ޝައުޤުވެރިކަން އިތުރުވަމުންދާ މިންވަރެވެ. މި ފެސްޓިވަލަކީ ރާއްޖޭގެ އެކި ކޮޅުތަކުގައި ތިބި ގޭމަރުންނަށް ވާދަވެރި މާހައުލެއް ފަހިކޮށްދީ، ޒުވާނުންގެ ޑިޖިޓަލް ހުނަރު ތަރައްޤީކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.

Advertisement

ކޮމެންޓް