Advertisement

ދިރާގުން ޔޫއޭއީ އާއި ސައުދީއަށް ހިލޭ ގުޅޭ ގޮތް ހަދައިފި

01 Mar 2026 | 12:55
.

މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ދިރާގުން އެކުވެެރި އަރަބި އިމާރާތް (ޔޫއޭއީ) އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭނެ ގޮތްހަދައިދީފިއެވެ.

ދިރާގުން ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ޔޫއޭއީ އަދި ސައުދީއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފައިވާ ކަމަށެވެ.

Advertisement

އެގޮތުން މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހާދިސާތަކާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ލޯބިވާފަރާތްތަކުގެ ހާލުބެލުމަށާއި، މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދީފައިވާ ހިދުމަތެއް ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.

އަދި އެ ހިދުމަތުގެ ދަށުން، ޔޫއޭއީ އާއި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފައި ވެއެވެ.

އެހެންކަމުން، #225* އަށް ޑައިލްކޮށްގެން އެ ހިލޭ މިނިޓުތައް މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެކްޓިވޭޓްކުރެވޭނެ ކަމަށާއި އެކްޓިވޭޓްކުރުމަށްފަހު ހަތް ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުނެފައި ވެއެވެ.

ދިރާގުން ދަނީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އާއިލާއާއި ލޯބިވާފަރާތްތަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދެމުންނެވެ.

Advertisement

ކޮމެންޓް