ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ބޮޑުތަކުރުފާނު މަގު، ބުރިޖު ލައިޓް ކައިރީ އެކްސިޑެންޓެއް ހިނގައި 16އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ މާލޭ ބޮޑު ތަކުރުފާނު މަގު ބްރިޖުގެ ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ ޕޭމަންޓް މައްޗަށް އަރައި އެކްސިޑެންޑް ވެފައިވާ މައްސަލަ ރޭ ދަންވަރު 1:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓު ހިނގި އިރު ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ފުލުހުން ބުނީ އެ ދެ މީހުންނަށް އަނިޔާވެގެން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އަދި އޭގެ ތެރެއިން ސައިކަލުގެ ފަހަތުގައި އިން ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ ން ސައިކަލު ދުއްވަން އިނީ އެކަޓަަގަރީގެ ލައިސަންސް ނެތް މީހެއްކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.