Advertisement

ކަނޑޫދޫ މިރުހުގެ އަލްޓަނޭޓިވަކަށް ލާމު މިރުސް - މާ އަގުހެޔޮ

21 Feb 2026 | 13:04
-

ލޯކަލް މާރުކޭޓުގައި ކަނޑޫދޫ މިރުހުގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި، އާންމުންގެ ސަމާލުކަން ލާމު މިރުހަށް ހުއްޓިއްޖެއެވެ.

 މިއަދު ބާޒާރުގައި ތަކެތީގެ އަގުތައް ހުރިގޮތަށް ބަލާއިރު، ކަނޑޫދޫ މިރުހަށްވުރެ ލާމު މިރުހުގެ އަގު ވަނީ ބޮޑުތަނުން ހެޔޮވެފައެވެ.

Advertisement

ބާޒާރުމަތީގެ މިއަދުގެ އަގުތަކަށް ބަލާއިރު ކަނޑޫދޫ މިރުސް 100 ގުރާމް ވިއްކަމުންދަނީ 45 ރުފިޔާއަށެވެ. އަދި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ހުރީ 480 ރުފިޔާގައެވެ. މިއީ އާންމުކޮށް މިރުސް ލިބޭ އަގަށްވުރެ މަތީ އަދަދެއްކަން ފާހަގަކުރެއެވެ.   

ކަނޑޫދޫ މިރުހުގެ ބަދަލުގައި ބޭނުންކުރެވިދާނެ ލާމު މިރުހުގެ އަގުތައް ހުރީ މާ ބޮޑަށްވެސް ހެޔޮކޮށެވެ. އެގޮތުން ލާމު މިރުސް 100 ގުރާމް 20 ރުފިޔާއަށް ލިބެން ހުރިއިރު، މިއީ ކަނޑޫދޫ މިރުހުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ހެޔޮ އަދަދެކެވެ.

ލާމު މިރުސް ކިލޯއެއްގެ އަގު ބާޒާރުގައި އުޅެނީ 300 ރުފިޔާއާއި 480 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މާރުކޭޓުގެ ބައެއް ގޮޅިތަކުން މައުލޫމާތު ދޭގޮތުގައި، ކަނޑޫދޫ މިރުހުގެ އަގު ބޮޑުވުމާ ގުޅިގެން ގިނަ ބަޔަކު މިހާރު އިސްކަންދެނީ އަގުހެޔޮކޮށް ލިބެން ހުރި ލާމު މިރުސް ގަތުމަށެވެ.  

Advertisement

ކޮމެންޓް
ވަކީލު
މިއުޅޭ ބަންގާޅީން ( ބަންގްލަދޭޝް މީހުންނަށް ޒަމާނުއްސުރެ ދިވެހިން ކިޔަނީ ބަންގާޅީން ، އެއީ އެބައިމީހުން ދަށްކޮށްލަނީކީ ނޫން) ކަނޑޫދޫމިރުހޭ ކިޔައިގެން އިންޑިޔާ މިރުސްވެސް ވިއްކަން އުޅޭ. އަހަރެމެން ގަމާރު ހައްދަން..
21 Feb 2026