އިޚްލާސްތެރިކަމާއިއެކު މަސައްކަތް ކޮށްފިނަމަ ސުވަރުގެ ޙާސިލް ކުރަން އެންމެ ރަމަޟާން މަހެއްވެސް ފުދޭ: ޝެއިޚް ޢާޒިމް
އިޚްލާސްތެރިކަމާއިއެކު މަސައްކަތް ކޮށްފިނަމަ ސުވަރުގެ ޙާސިލް ކުރަން އެންމެ ރަމަޟާން މަހެއްވެސް ފުދޭ ކަމަށް އައްޝައިޚް ޢާޒިމް ޚާލިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢާޒިމް މިހެން ވިދާޅުވީ"ރަމަޟާން މަހުގެ މާތްކަން" މި މައުޟޫޢުއަށް.ތ. ދިޔަމިގިލީގައި ރޭ ބޭއްވި އިހްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ފޯރަމް ބާއްވާފައިވަނީ ރޭ 21:30 ގައި ދިޔަމިގިލީ ފުޓްސަލް ދަނޑުގައެވެ.
ެރޭގެ އިހްޔާ ފޯރަމްގައި ތަޤުރީރު ކުރައްވަމުން އައްޝައިޚް ޢާޒިމް ވިދާޅުވީރޯދަ މަހަކީ ސުވަރުގޭގެ ހުރިހާ ދޮރުކޮޅެއް ހުޅުވި ނަރަކައިގެ ހުރިހާ ދޮރުކޮޅުތަކެއް ބަންދުވެގެންވާ މައްސަރެއް ކަމަށެވެ.
އަދި މި ރަމަޟާން މަހު ވީހާވެސް ގިނައިން ރޭ އަޅުކަން ކުރުމަށް ބާރުއަޅުއްވާ ދުނިޔޭގައި ހުރެ މި މާތް މައްސަރުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ޝެއިހް އާޒިމް ނަސޭހަތްތެރިވެ ލެއްވިއެވެ.
ހަމައެހެންމެ ހަޤީޤީ ކާމިޔާބަކީ ނަރަކައިން މުއްތި ކުރެއްވުން ކަމަށާއި، އެންމެ ރަމަޟާން މަހަކުން ވެސް ނަރަކައިން ސަލާމަތް ވާން ފުދޭ ކަމަށް ޝެއިހް ވިދާޅުވިއެވެ.
ނަމަވެސް އެއީ އެ މަހުގެ ތެރޭގައި މާތް ﷲ އަށް އިޚުލާސްތެރިކަމާއި ފުރިހަމަކާއެކު ރޯދަ ހިފައި އަޅުކަން ހަލާސްކޮށްފި ކަމުގައިވާނަމަ ކަމަށްވެސް ޝެއިހް ވިދާޅުވިއެވެ.
މީގެ އިތުރުން ޝެއިޚް ޢާޒިމް ވަނީ، މި ރަމަޟާން މަހު ވީހާވެސް ގިނައިން ރޭ އަޅުކަން ކުރުމަށް ބާރުއަޅުއްވާ ދުނިޔޭގައި ހުރެ މި މާތް މައްސަރުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެލައްވާފައެވެ.
އެ އިހްޔާ ފޯރަމްގައި ބައިވެރިވި އަންހެން އަދި ފިރިހެން ބޭފުޅުން ވަކިން ގުރުއަތުލައި، ގުރުއަތުން ހޮވުނު ބޭފުޅުންނަށް ޚާއްޞަ އިނާމުތަކެއް ވެސް ވަނީ ދީފައެވެ.
މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 10 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދާނެއެވެ.