Advertisement

ރައީސް ބަރުބަރީ މިސްކިތް ހުޅުވައިިދެއްވައިފި

18 Feb 2026 | 21:00
ބަރުބަރީ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްޖިދު ޔޫސުފުލް ބަރްބަރީ (ބަރުބަރީ މިސްކިތް) ހުޅުވައިދެއްވައިފިއެވެ.

އެ މަނިކުފާނު އެ މިސްކިތް ހުޅުވައިދެއްވީ މިއަދުގެ އަސުރުނަމާދު ވަގުތުގައެވެ.

Advertisement

ސަރުކާރުން، އަމިއްލަ ފަރާތަކާއި ޙަވާލުކުރައްވައިގެން ޒަމާނީ ފެންވަރަށް ބަރުބަރީ މިސްކިތް ތަރައްޤީކުރައްވާފައި ވަނީ 3 ފަންގިފިލާގެ މިސްކިތެއްގެ ގޮތުގައެވެ. މިއީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސްގެ އަރިހުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ މިސްކިތުގެ އެކި ސަރަޙައްދުތައް ބަލައްވާލައްވާފައެވެ.

ހިލޭ އެހީގެ ދަށުން މާލެ ސަރަހައްދުގައި މިސްކިތްތައް ބިނާކޮށް ތަރައްޤީކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އެކި ރަށްރަށުގައި ބިނާ ކޮށްފައިވާ ބައެއް މިސްކިތްތައް މި ރޯދަމަހާއި ދިމާކޮށްވެސް ވަނީ ހުޅުވާފައެވެ.

Advertisement

ކޮމެންޓް