Advertisement

ރަމަޟާން މަހާ ދިމާކޮށް މުޖުތަމަޢުން ދެކެން ބޭނުންވާ ބަދަލުތައް ރައީސް ހާމަކުރައްވައިފި

17 Feb 2026 | 20:25
-

ނަމާދުކުރާ، ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ އަދި މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބޭނުންވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ 1447 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. އެ ޚިޠާބުގައި ރައީސް ވަނީ ފަސް ވަގުތު ނަމާދުކުރާ، ބޮޑެތި މީހުންނަށް އިޙްތިރާމުކުރާ، އަދި ޞިއްޙީ ގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ މުޖުތަމަޢެއް ދެކެން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމްދީނުގެ އަސްލުތަކަށް ޙުރުމަތްތެރިކޮށް ހިތައި، ދިވެހިވަންތަ ސަގާފަތް ނަގަހައްޓާ މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

Advertisement

ރައީސް ވިދާޅުވީ ޤައުމަށް ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލުގެ ޢަމަލީ ނަމޫނާއަކަށް ތިމާ ވާންޖެހޭ ކަމަށެވެ. އެގޮތުން މި ރަމަޟާން މަހަކީ ދީނީ އަދި ޤައުމީ އިންތަކުގެ މަތީގައި އަމިއްލަ ނަފްސު ތަރުބިއްޔަތުކުރާ މައްސަރަކަށް ހެދުމަށް ރައީސް ގޮވައިލެއްވިއެވެ.

މި ޚިޠާބުގައި ރައީސް ވަނީ ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ފޮނުއްވައި، ރާއްޖެ މިނިވަންކަންމަތީ ލެހެއްޓެވުމަށް ދުޢާ ކުރައްވައިފައެވެ.

Advertisement

ކޮމެންޓް