Advertisement

36 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

15 Feb 2026 | 14:33
އެ ދެމީހުން - މަގްޝޮޓް /ފޮޓޯ: ފުލުހުން

36 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.  

ފުލުހުން ބުނެފައިވަނީ މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފައިވާކަމަށެވެ. 

Advertisement

މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މ. މުލައް، މަދާރުގެ، ޙަސަން މަފާޒު (26އ) އާއި، ހ.ފިލްމީސައިޓް، މާލެ، ވިޝާމް މުޙައްމަދު (35އ) އެވެ. މި ދެމިހުން ހައްޔަރުކޮށްފައިވަނީ މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކޮށްފައިވާ 36 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންގެ ޚިދުމަތާ ހަވާލުކުރުމާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 29 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސް އިން އިއްޔެ ބުނެފައިވެއެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތައް ބަންދުކުރުމަށް އަމުރުކޮށްފައެވެ.  

Advertisement

ކޮމެންޓް