އެހީ ޖަމިއްޔާގެ "އެހީ އިފްތާރު 1447" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
އެހީ ޖަމިއްޔާގެ ފަރާތުން ކޮންމެ ރަމަޟާން މަހެއްގައި ކުރިއަށް ގެންދާ "އެހީ އިފްތާރު" ޕްރޮގްރާމުގެ 1447 ވަނަ އަހަރުގެ ޕްރޮޖެކްޓުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މެދުނުކެނޑި ގާތްގަނޑަކަށް 10 އަހަރު ވަންދެން ދަމަހައްޓަމުން އަންނަ މި ޕްރޮގްރާމުގައި، އެކި މިސްކިތްތަކުގައި އަދި އެކި ރަށްރަށުގައި ރޯދަ ވީއްލުން ބާއްވައެވެ. މިއީ ދަތި ހާލުގައި ދިރިއުޅޭ ގިނަ އާއިލާތަކަކަށް އެހީ ފޯރުކޮށްދެމުން އަންނަ ޕްރޮޖެކްޓެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، ބީއެމްއެލް އިސްލާމިކް އެކައުންޓް ނަންބަރު 7770000014820 (އެކައުންޓް ނަން: އެހީ ޖަމިއްޔާ) އަށް 55 ރުފިޔާ ހަދިޔާކުރެވޭނެއެވެ. ފައިސާގެ އިތުރުން ތަކެތި ހަދިޔާކޮށްގެން ވެސް ބައިވެރިވެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އިތުރު މަޢުލޫމާތު 7803433 ނަންބަރުން ލިބޭނެއެވެ.
އެހީ ޖަމިއްޔާއިން ފާހަގަކޮށްފައިވާ ގޮތުގައި، ލިބޭ ފައިސާގެ %12.5 ހަރަކާތް ރާވައި ހިންގުމުގެ ޚަރަދުތަކަށް ބޭނުންކުރެވޭނެއެވެ.
2012 ވަނަ އަހަރު އުފެއްދި އެހީ ޖަމިއްޔާއަކީ ރާއްޖޭގައި އިންސާނީ އެހީތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާއެކެވެ.