Advertisement

ހަނދު ނުފެންނާނެކަން ސައެންސުން ކަށަވަރުވާ އިރު ވެސް ފެނުނު ކަމަށް ބުނާ މައްސަލައަށް ހައްލެއް ހޯދަން ގޮވާލައިފި

13 Feb 2026 | 19:47
-

ރޯދަ މަހުގެ ހަނދު ސާބިތުކުރުމުގައި ސައެންސާ ޚިލާފު އިޢުލާންތައް ކުރުން ހުއްޓައިލައި، ތެދުވެރިކަމާއި ސައެންސީ ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނެރުމަށް ހަނދު ބެލުމުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ރާޖާ ޒާހިދު ނަވާޒް ގޮވާލައިފިއެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމް ސަރަހައްދުގައި ހަނދު ބެލުމާ ބެހޭ ގޮތުން ޤަވާޢިދުން ތަޙުލީލުތައް ހިއްސާކުރާ ޑރ. ނަވާޒް ބުނީ، ފެބްރުއަރީ 17 ވަނަ ދުވަހު އައު ހަނދު (ހިލާލު) ފެނުމަކީ ސައެންސީ ގޮތުން ބަލާ އިރު ނުވާނެ ކަމެއް ކަމަށެވެ. ހަނދު ހުންނަ އުސްމިން ތިރިވުމާއި، އިރާއި ހަނދާ ދެމެދުގެ ދުރުމިން ކުޑަވުމާއި، ހަނދުގެ އަލި ނެތުމުގެ ސަބަބުން އިނގިރޭސިވިލާތުންނާއި ސައޫދީ ޢަރަބިއްޔާ އަދި މޮރޮކޯ ފަދަ ޤައުމުތަކުން ވެސް ހަނދު ފެނުމުގެ ފުރުޞަތެއް ނެތް ކަމަށް އޭނާ ބުންޏެވެ.

Advertisement

ޑރ. ނަވާޒް ފާހަގަކުރި ގޮތުގައި ކޮންމެ އަހަރަކު ވެސް ފެންނަ ބޮޑު މައްސަލައަކީ، ސައެންސީ ގޮތުން ހަނދު ނުފެންނާނެ ކަމަށް ކަށަވަރުވެފައި ވަނިކޮށް، ބައެއް ޤައުމުތަކުން ހަނދު ފެނުނު ކަމަށް އިޢުލާންކުރުމެވެ. އެއާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީޑިއާތަކުން އެ ވާހަކަ އެއްވެސް ސުވާލެއް ކުރުމެއް ނެތި ތަކުރާރުކޮށް، "ޑޮމިނޯ އިފެކްޓް" އެއް އުފެދެނީއެވެ.

"ރޯދަ މަހަކީ މިލިއަނެއްހާ މީހުންނަށް ތެދުވެރިކަމާއި ތަޤުވާގެ މައްޗަށް ބިނާވެފައިވާ މައްސަރެއް. ރޯދަ ފެށޭ ދުވަސް ކަނޑައެޅުމުގައި ވެސް އެ އަގުތައް ދެމެހެއްޓެން ޖެހޭ" ކަމަށް ޑރ. ނަވާޒް ބުންޏެވެ. ކެލެންޑަރު ހިސާބުގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުންތައް، ލޮލަށް ހަނދު ފެނުނު ކަމަށް ދެއްކުން ހުއްޓައިލަން ޖެހޭ ކަމަށް ވެސް އޭނާ ގޮވާލިއެވެ.

މި އަހަރުގެ ރޯދަ މަސް ފެށޭނެ ކަމަށް ބެލެވެނީ ފެބްރުއަރީ 19 ވަނަ ދުވަހުއެވެ. ޢުމާން، ތުރުކީ، ސިންގަޕޫރު އަދި އޮސްޓްރޭލިއާ ފަދަ ޤައުމުތަކުން ވެސް ވަނީ ސައެންސީ ހިސާބުތަކުގެ މައްޗަށް ބިނާކޮށް އެ ތާރީޚް ކަށަވަރުކޮށްފައެވެ.

Advertisement

ކޮމެންޓް