Advertisement

ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނާނެ: ޒަކާތު ހައުސް

12 Feb 2026 | 17:42
ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސްއިން މިއަދު ބުނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެ ކަމަށެވެ.

Advertisement

ޒަކާތް ދެއްކޭނެ ގޮތްތައް:

- ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)

- އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)

- މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)

- ބޭންކް އޮފް މޯލްޑިވްސް މޯބައިލް (އެޕްލިކޭޝަން)

- ފަހިޕޭ (އެޕްލިކޭޝަން)

- އަވަސް އެޕް

- ބަނޑޭރި ޕޭ

ބަނޑޭރި ޕޭ އާއި " ފަހިޕޭ " މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެފައި ވެެއެވެ.

އަދި މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްޞަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައްވަނީ ހަމަޖެހިފައެވެ.

އަދި ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފައިވާތީ، ރަމަޟާން މަހު ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާ ވަގުތުތައްވެސް ޒަކާތު ހައުސް އިން ވަނީ އާންމުކޮށްފައެވެ.

ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް:

- 22 ފެބްރުއަރީން 9 މާރިޗްއަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު: 10:00 އިން 13:00 އަށް

- 10 މާރިޗް އިން 19 މާރިޗްއަށް ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: 11:00 އިން 14:00 އަށް

މީގެ އިތުރުން ޒަކާތު ހައުސިން އިން ބުނީ ރަށްރަށުގައި ނަޤުދު ފައިސާއިން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުން ކަމަށެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު

1- އާދައިގެ ހަނޑޫ: 12 ރުފިޔާ

2- ތައިލެންޑް ހުދު ހަނޑޫ:53 ރުފިޔާ

3- ރަތް ހަނޑޫ: 96 ރުފިޔާ

4- ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ

5- ބާސްމަތީ ހަނޑޫ (މޮޅު) : 109 ރުފިޔާ

6- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ

7- އާދައިގެ ފުށް: 10 ރުފިޔާ

8- އާޓާ ފުށް: 75 ރުފިޔާ

ކަލަންޑަރުގައި ވާގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 18 ވަނަ ދުވަހެވެ.

Advertisement

ކޮމެންޓް