Advertisement

ބީއެމްއެލްގެ ހައްޖު ޕްރޮމޯޝަންގެ ދިހަ ނަސީބުވެރިން ހޮވައިފި

12 Feb 2026 | 16:39
ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ ދިހަވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ހައްޖު ޕްރޮމޯޝަނުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ ދިހަ ނަސީބުވެރިން ހޮވައިފިއެވެ.

އެ ބޭންކުން ހައްޖު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

Advertisement

ބީއެމްއެލް އިން ބުނީ ހައްޖު ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރި ކުރީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި، އަލަށް ހިދުމަތް ބޭނުން ކުރަން ފެށި ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންގެ މެދުގައި ކަމަށެވެ. އަދި މުސާރަ ޖަމާކުރާ ކަސްޓަމަރުންނާއި ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންވެސް އެ ޕްރޮމޯޝަނުގެ ގުރުއަތުގައި ވަނީ ބައިވެރިކޮށްފައެވެ.

ބީއެމްއެލް ހައްޖު ޕްރޮމޯޝަނުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ ދިހަ ނަސީބުވެރިން: ފާތިމަތު ޖަބީންމުފީދް އަބްދުލް ވައްހާބްލުގްމާން މުހައްމަދުއަބްދުﷲ ފާލިހްއަބްރާހިމް ނަސީރްސުހެއިލް އިބްރާހިމްސުއައިދް މުހައްމަދުސަދާގަތް އަބްދުﷲޝިނާން އަބްދުﷲއަހުމަދު ނިޝާދް

Advertisement

ކޮމެންޓް