Advertisement

ކުރެންދޫގައި ބިނާކުރި 'މަސްޖިދުލް ސިއްދީޤް' ހުޅުވައިފި

11 Feb 2026 | 21:12
ކުރެންދޫގައި ބިނާކުރި 'މަސްޖިދުލް ސިއްދީޤް'

ޅ. ކުރެންދޫގައި ބިނާކުރި އައު މިސްކިތް 'މަސްޖިދުލް ސިއްދީޤް' ރަސްމީކޮށް ހުޅުވައިފިއެވެ. 

އެ މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތް ހުޅުވާފައި ވަނީ މިއަދު މަޢްރިބް ނަމާދަށް ކަމަށެވެ.

މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކުރެންދޫ ކައުންސިލްގެ އިސްވެރިންނާއި، ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. 

ކުރެންދޫގައި ބިނާކޮށްފަައިވާ' މަސްޖިދުލް ސިއްދީޤް' އަކީ 700 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ. މިނިސްޓްރީން ބުނީ އެ މިސްކިތް ބިނާކުރީ ދަޢުލަތުގެ ބަޖެޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކަމަށެވެ.

މި މިސްކިތުގައި އޭސީ ހަރުކޮށްފައިވާއިރު، ސޯލާއިން މިސްކިތަށް ކަރަންޓު ދެވޭނެ ނިޒާމު ވަނީ ޤާއިމް ކުރެވިފައެވެ.

އަދި ދެޖިންސުގެ ފަރާތްތަކަށް ވަކިން ނަމާދު ކުރެވޭނެ އަދި ވުޟޫކުރެވޭނެ އިންތިޒާމްވެސް ޤާއިމް ކުރެވިފައިވެއެވެ. 

މި ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށްވެސް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ދައުރުގެ ތެރޭގައި އިސްލާމީ ދާއިރާއިން 90 މަޝްރޫޢު ކުރިއަށްދާކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement

ކޮމެންޓް