އާރްޓީއެލް ފެރީގެ ޚިދުމަތް އަންނަ ހަފުތާގައި ފ. އަދި ދ. އަތޮޅުގައި ފަށަނީ
އާރްޓީއެލް ފެރީގެ ޚިދުމަތް އަންނަ ހަފުތާގައި ފ. އަތޮޅާއި ދ. އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މިހާތަނަށް ރާއްޖޭގެ 12 އަތޮޅެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ.
އާރްޓީއެލްގެ ޚިދުމަތް މިހާތަނަށް ނުފެށި އޮތީ ޒޯން 4 އަދި ޒޯން 3 ގައެވެ. ޒޯން 4 ގައި ހިމެނެނީ މ، ފ، ދ އަދި ލ. އަތޮޅެވެ. ޒޯން 3 ގައި ހިމެނެނީ ކ، އއ، އދ އަދި ވ. އަތޮޅެވެ. ފ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ދެން ހިމެނޭ އަތޮޅުތަކުގައި ވެސް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
އާރްޓީއެލް ފެރީ ނިޒާމަކީ އެއް ރަށުން އަނެއް ރަށަށް އަތްފޯރާ އަގެއްގައި ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް 2022 ވަނަ އަހަރު ފެށި ޚިދުމަތެކެވެ. ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ސަރުކާރުން ވެސް މި މަސައްކަތް ކުރިއަށް ގެންދާ ކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނެއެވެ.