އިސްލާމިކް މިނިސްޓްރީއަކީ މީޑިއާ އާ ނުހަނު ގާތްކަން ބާއްވާ ވުޒާރާއެއް: ޝަހީމް
އިސްލާމިކް މިނިސްޓްރީއަކީ މީޑިއާ އާ ނުހަނު ގާތްކަން ބާއްވާ ވުޒާރާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް މިރޭ ފޮނުއްވި މެސެޖެއްގައެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ބައްދަލުވުމަށް ދެ ދުވަސް މަތިންވެސް އިސްލާމިކް މިނިސްޓަރީން ހާޒިރުނުވެ،ވަކި ސަބަބެއް ހާމަކޮށްދެވިފައި ނުވާތީ އެ މިނިސްޓްރީ 700ރފ އިން ޖޫރިމަނާކޮށްފައިވާ ކަމަށް ބުނެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފައި ވާތީއެވެ.
"އިސްލާމިކް މިނިސްޓްރީއަކީ މައުލޫމާތު ހާމަކުރުމަށް ނުހަނު ބޮޑު އިސްކަމެއްދޭ އަދި އެކަމާ ގުޅިގެން ހެދިފައިވާ އެންމެހައި ޤާނޫނުތަކަށް އިޙުތިރާމްކުރާ އިދާރާއެއް"މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީޱއެ ވުޒާރާއަކީ މިހާތަނަށް ވެސް މިނިސްޓްރީއަށް ހުށަހެޅެމުންދާ އެންމެހައި ހުށަހެޅުންތަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ޖަވާބުދެމުންދާ ވުޒާރާއެއް ކަމަށާއި މީޑިއާ އާ ނުހަނު ގާތްކަން ބާއްވާ ވުޒާރާއެއް ކަމަށެވެ.
"ވުޒާރާ ދެމި އޮންނާނީ އެގޮތުގަ. އިސްލާމިކް މިނިސްޓްރީ އަށް ވޭތުވެދިޔަ 2 އަހަރު ތެރޭގައި ހުށަހެޅުނު ކަންކަމާއި އެއަށް ޖަވާބު ދެވިފައިވާ އަދަދުތައް މާދަމާ މިނިސްޓްރީ އިން ހާމަކުރާނެ" މިނިސްޓަރު ވިދާޅުވިއެވެ..