އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ފުރުޞަތު ހުޅުވާލައިފި
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަނުން އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ28 ވާ ހޮނިހިރު ދުވަހުގެ 15:00ގެ ނިޔަލަށެވެ.
އެގޮތުން އެކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ، އިލެކްޝަން ކޮމިޝަން my.elections.gov.mv ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ބުނެފައި ވެއެވެ.
އީސީން ބުނީ އިންތިޚާބު އޮބްޒާވްކުރުމަށާއީ މޮނިޓަރ ކުރުމުގެ ހުއްދަ ދެވޭނީ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ.
އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުމާއި
- ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި
- ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން
އަދި އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުމާއި އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވެފައިވާ މީހަކު ކަމުގައިވުމާއި ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.