Advertisement

ޤައިދީންނާއި ކަރެކްޝަންސްގެ އޮފިސަރުން ހިންމަފުށީ ސުކޫލަށް 130 ޑެސްކް ޖަހައިދީފި

08 Feb 2026 | 13:41
ޤައިދީންނާއި ކަރެކްޝަނަލް އޮފިސަރުން ޖަހާފަހުރި ޑެސްކު / ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން، ދިރާސީ އައު އަހަރަށް އަމާޒުކޮށް، ހިންމަފުށީ ސްކޫލަށް 130 ޑެސްކް ޖަހައިދީފިއެވެ.

މި ޑެސްކްތައް ޖަހައިފައިވަނީ އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުންނެވެ.

Advertisement

މިއީ އިޖްތިމާޢީ ގޮތުން އެހީތެރިވެދިނުމަށް ހިލޭކޮށްދެވިފައިވާ މަސައްކަތެކެވެ. އަދި މި މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދީފައިވަނީ ކ. ހިންމަފުށީ ސުކޫލުންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީ މަޢުލޫމާތު ދީފައެވެ.

މިފަދަ މަސައްކަތްތަކުން ޤައިދީންގެ ރިހެބިލިޓޭޝަނަށް ހެޔޮ އަސަރުކޮށް، އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީވެގެން ދާނެކަމަށް ކަރެކްޝަންސް އިން ގަބޫލުކުރެއެވެ.     

Advertisement

ކޮމެންޓް