Advertisement

އައްޑޫ ސިޓީ ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ޚިދުމަތް ގާއިމުކުރުމަށް ސޮއިކޮށްފި

08 Feb 2026 | 12:27
އިކޮނިމިކް މިނިސްޓްރީގެ ފަރާތުން ވަޒީރު ސައީދު، އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީސީއީއޯ ރިޝްވާން - ފޮޓޯ: އެމްޕީއެލް

ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ޚިދުމަތް ގާއިމުކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އާއެކު ސޮއިކޮށްފިއެވެ.

އައްޑޫ ހައި ސްކޫލްގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޚިދުމަތް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އާއި އެމްޕީއެލާ ދެމެދު އިއްޔެ ވަނީ ސޮއިކޮށްފައެވެ. އިކޮނިމިކް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު ސައީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކުޓިވް އޮފިސަރ، ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ.

Advertisement

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ެިއިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ބައިނަލްއަގުވަމީ ހިދުމަތްދޭ ޕޯޓް އުތުރާއި ދެކުނުގައި އޮތްއިރު، ހަމައެކަނި ސެޓަލައިޓް ދެ ޕޯޓުގައި އޮވެގެން ވިޔަފާރިއެއް ނުއުފެދޭނެ ކަމަށާއި އެ ތަންތަނުގައި ވިޔަފާރި އުފެދޭނީ ވިޔަފާރި އުފެދޭ ގޮތަށް ކަންތައްތަކެއް ކޮށްގެން ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ ސަރަހައްދީ ބަނދަރުތަކުގައި ގިނަ ހިދުމަތްތައް ގާއިމްކުރެވުމަކީ މާލޭ ވިޔަފާރި ބަނދަރަށް ވެސް ލިބޭނެ ލުޔެއް ކަމަށެވެ.ހަމައެހެންމެ އަންނަ އަހަރުގެ ނޮވެމްބަރުގެ ތެރޭގައި މާލެ ވިޔަފާރި ބަނދަރު ވެސް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޝްވާން ވަނީ ވިދާޅުވިއެވެ.އެމްޕީއެލާއެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ އަދި އެހެނިހެން ބާވަތްތަކުގެ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ސަރަހައްދެއް ގާއިމް ކުރާނެ ކަމަށެވެ.

އެ އެއްބަސްވުމުފެ ދަށުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ހިމެނޭ ރިސޯޓުތަކަށް އަމާޒުކޮށްގެން ބޮންޑެޑް ވެއާހައުސްގެ ހިދުމަތުގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންވާ ހިލަޔާއި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކްކޮށް ރައްކާކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް