Advertisement

އާރުޑީސީއަށް ހެވީ މެޝިނަރީ ހޯދަން ޗައިނާ ދެ ކުންފުންޏަކާ އެކު، އެއްބަސްވުމެއް ހަދައިފި

07 Feb 2026 | 12:12
އާރްޑީސީއަށް ހެވީ މެޝިނަރީ ހޯދަން ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އާރްޑީސީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ހެވީ މެޝިނަރީ ހޯދަން ޗައިނާ ދެ ކުންފުންޏަކާ އެކު، މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުތަކަށް ބޭނުންވާ މެޝިނަރީ ހޯދުމަށްޓަކައި މި އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުނި ކަމަށްވާ ޗައިނާގެ އެކްސްސީއެމްޖީ އާއި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް)އާ އެކުގައެވެ.

Advertisement

އާރުޑީސީން ބުނި ގޮތުގައި ޗައިނާގައި މި ސޮއިކުރި "ބިޒްނަސް ކޯޕަރޭޝަން އެގްރިމެންޓް" އަކީ އާރްޑީސީ އާއި އިނަފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަނާއި ދެމުދު ވެވިފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު މުޢާމަލާތެއްކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން، މަގު ހެދުމަށް ބޭނުންވާ އަސްފަލްޓް މެޝިނަރީ ހިމެނޭހެން ޖުމްލަ 230 މެޝިނަރީ ރާއްޖެއަށް ގެންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި މެޝިނަރީ ތަކަށް ބޭނުންވާ މަރާމާތުގެ ޚިދުމަތްދޭ މަރުކަޒާކާއި ސްޕެއާ ޕާޓްސް ވިއްކާ މަރުކަޒެއް އެކްސްސީއެމްޖީއާއި އައިޑީއެސް ގުޅިގެން ރާއްޖޭގައި ގާއިމުކުރުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އާރުޑީސީން ބުނީ، އެ ކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެ، ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބޭނެ ކަމަށެވެ. މި އެއްބަސްވުމުގައި އައި.ޑީ.އެސްގެ ފަރާތުން ސޮއިކުރެއްވީ އައި.ޑީ.އެސް. އަދި އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ، އެކްސް.ސީ.އެމް.ޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސައުތު އޭޝިއާ ސަރަޙައްދުގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޓޫ ހުއި އެވެ.

Advertisement

ކޮމެންޓް