Advertisement

ބޮލީވުޑް ބަތޮލާ ޝްރިޔާ ސަރަން އަށް ހަޔާތުގެ ބައިވެރިޔާ ލިބުނީ ރާއްޖޭގެ ޑައިވިން ދޯންޏަކުން

05 Feb 2026 | 21:53
-

ބޮލީވުޑް ބަތޮލާ ޝްރިޔާ ސަރަން އޭނާގެ ހަޔާތުގެ ބައިވެރިޔާ އެންޑްރޫ ކޮސްޗީވް އާއި ފުރަތަމަ ފަހަރަށް ދިމާވީ ދިވެހި ރާއްޖޭގެ ޑައިވިން ދޯންޏަކުން ކަމަށް ޝްރިޔާ ބުނެފިއެވެ.

ޝްރިޔާ ބުނެފައިވަނީ އޭނާ ރާއްޖެ އަންނަން ފުރަތަމަ ޕްލޭންކުރީ އޭޕްރީލް މަހެއްގައި ކަމަށާއި ނަމަވެސް މާ ކުރިން މާރިޗް މަހުގައި ރާއްޖެ އާދެވުނީ ކަމަށެވެ.

Advertisement

"މާ ފަހުން އެނގުނީ މާރިޗް މަހު އައިމަ އެކަނިވާނެކަން، އެހެނަސް ދެކުނަށް ޔޮޓެއް ދަތުރުކުރާކަން އެނގިގެން އެ ޔޮޓަށް އެރީ ކަމަށާއި ޔޮޓުގެ ޑައިވިން ދޯނީގެ ޑެކުގައި ހުރެފައި އެނބުރި ބަލައިލި އިރު ފަހަތުގައި ކޮސްޗީވް ހުރި" ކޮސްޗީވް އާ ދިމާވިގޮތް ކިޔާދެމުން ބުނެފައިވެއެވެ.

ޝްރިޔާ ބުނެފައިވަނީ އެއަށްފަހު ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދުނު ކަމަށާއި ނަމަވެސް އޭނާއަކީ ތަރިއެއްކަން ކޮސްޗީވަށް އެނގުމުން އޭނާ އެކަމާ ހައިރާންވެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އޭރު އައި ކަމަށެވެ.

ނަމަވެސް ތަފާތު ގޮތަކަށް ހަޔާތުގެ ބައިވެރިޔާ ރާއްޖެއިން ލިބުނު ވާހަކަ އޭނާ ކިޔާދީފައިވެއެވެ.

އުމުރުން މިހާރު 43 އަހަރުގެ ޝްރިޔާ ސަރަން ކޮސްޗީވް އާއި ކައިވެނިކުރީ 2018 ވަނަ އަހަރުގައެވެ.

Advertisement

ކޮމެންޓް