Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުވައްމުލައް ސިޓީން ދެ މީހަކު ހައްޔަރުކޮށްފި

05 Feb 2026 | 15:43
އެ ދެމީހުން - މަގްޝޮޓް: ފުލުހުން

މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ފުވައްމުލައް ސިޓީން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ ފުވައްމުލައް / ފުނާޑު. އެލީނާ،  މުޙައްމަދު މޫސާ (72އ) އާއި ޏ ފުވައްމުލައް / މިސްކިތްމަގު. ނިރިހާ، ޙުސައިން ސައިފު (33އ) އެވެ.

Advertisement

ޙުސައިން ސައިފު (33އ) ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅު، އެ ތަކެތި ބޭނުންކޮށް އަދި އެ ތަކެތިން ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ގުޅިގެންނެވެ. މި ފެބުރުވަރީ މަހު ހަތަރެއްގައި ފުވައްމުލައް ސިޓީގައި ހިންގި އޮޕަރޭޝަންގައި އޭނާ މަގުމަތިން ދަނިކޮށް ހުއްޓުވައި ބަލާ ފާސް ކުރިއިރު މަސްތުވާތަކެއްޗައް ތުހުމަތުކުރެވޭ 19 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.

 މުޙައްމަދު މޫސާ (72އ) ހައްޔަރުކޮށްފައިވަނީ ތިނެއް ފެބްރުއަރީގައި ފުވައަމުލައް ސިޓީ އާއި މާލެއާ ދެމެދު ދަތުރު ކުރާ ބޯޓަކުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް މަޢުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި، ފުވައްމުލަކު މަގުމަތިން އޭނާ ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ގަނޑެއް ފެނުމުންނެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 50.35 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓައް ހާޒިރުކުރުމުން ޙުސައިން ސައިފް 15 ދުވަހުގެ މުއްދަތަކަށް އަދި މުޙައްމަދު މޫސާ ފަސް ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

Advertisement

ކޮމެންޓް