Advertisement

ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލުމުން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

05 Feb 2026 | 13:06
އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ މަންޒަރު - ފޮޓޯ: އެމްއެންޑީއެފް

ލޯންޗެއް ބަންޑުން ޖަހާލުމުން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

މިއަދު ކ.ގުޅީފަޅު ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުންޖަހާލުމުން އޭގައި ތިބި ބަޔަކަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Advertisement

"ބުލެޓް ސްޕީޑް" ނަމަކަށްކިޔާ އެ ލޯންޗުން ދަތުރުކުރަމުންދިޔައީ ނުވަ ފަތުރުވެރީންނާއި، ދެ ފަޅުވެރީންނާއި، ލޯންޗުގެ ކެޕްޓަނެވެ. އެންމެން ކަނޑުވެފައިތިއްބައި ނަގާފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށެވެ.  

 އޭގެފަހުން ސީނަށް އެޓެންޑްވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓަށް އެ މީހުން ވަނީ ބަދަލުކޮށްފައެވެ. އަދި  މިއަދު 09:40 ހާއިރު އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު މާލެ ގެނެސްދީފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ލިބިފައިވާކަމަށް ޙަބަރު ލިބިފައެއް ނުވެއެވެ.

Advertisement

ކޮމެންޓް