Advertisement

ކަނޑުން ބައެއް ދޫކޮށްލުމުގައި ބައިވެރިވި ފަރާތްތަކުގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް

05 Feb 2026 | 10:46
ރައީސް ރިޔާސީ ބަޔާން އިއްވުން - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކަނޑުން ބައެއް ދޫކޮށްލުމުގައި ބައިވެރިވި ފަރާތްތަކުގެ މައްސަލަތައް ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

Advertisement

މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ ފޯޅަވަހީގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންނެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. 

ރައީސް ވިދާޅުވީ އެ ސިޓީފުޅާ ގުޅިގެން ރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާ ކަމަށާއި އެހެންވެ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ އިމުގެ ބައެއްކަން ތާރީޚީ ގިނަ ލިޔެކިޔުންތަކުން ސާބިތުވާން އޮތް ކަމަށާއި ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ދައުލަތުން އިއުތިރާޒުކޮށް، އެކަމާ ދެކޮޅު ހަދާކަން 18 ޖެނަވަރީ 2026 ގައި އިނގިރޭސިވިލާތަށް ލިޔުމުން ހުށަހަޅާފައިވާނެ ކަމަށެވެ.

ރާއްޖޭގެ ސަރަަހައްދުތައް ކަނޑައެޅުމާއި ބޭސްލައިންތައް ކަނޑައަޅަން އަދި ސަރަހައްދާ ގުޅޭ އެންމެހާ މައްސަލަތައް ބެލުމަށް ދެމެހެއްޓެނެވި ގޮތެއްގައި މަަސައްކަތް ކުރާނެ އޮފީހެއް ގާއިމް ކުރަން ވެސް މާހިރުން ލަފާދީފައިވާތީ، އެކަން ކުރަން ނިންމާފައިވާކަންވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން ކަނޑުގެ މައްސަލައިގައި ކުރީގެ ސަރުކާރުގެ ބައެއް ނިންމުންތަކާ ގުޅިގެން ރާއްޖެއަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް މާހިރުން ލަފާ ދެއްވާފައިވާކަން ހާމަކުރައްވާ ރައީސް ވަނީ އެ ނިންމުންތައް ނިންމެވި ބޭފުޅުންނާ ސުވާލުކޮށް އެ ނިންމުންތައް ނިންމި ސަބަބުތައް ދެނެގަނެ، އެކަމުގައި ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް