Advertisement

ކުށް ކުރުމަށް ކުޑަކުދިން އެކްސްޕްލޮއިޓް ކުރާނަމަ ދޫދިނުމެއް ނެތް: ސީޕީ

04 Feb 2026 | 11:03
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން/ ފޮޓޯ: ފުލުހުން

ކުޑަކުދިން ލައްވާ ކުށްކުރުވާ އެކުދިންގެ ނަހަމަ ފައިދާ ނަގާ ފަރާތްތަކަށް ދޫދިނުމެއް ނެތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ކުޑަކުދިން ލައްވާ ކުށްކުރުވާ އެކުދިންގެ ނަހަމަ ފައިދާ ނަގާ ފަރާތްތަކަށް ދޫދިނުމެއް ނެތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސީޕީ މިހެން ވިދާޅުވީ ކުޑަ ކުއްޖަކު ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރި މައްސަލައަކާ ގުޅިގެން މާލެއިން ދެ މީހަކު ހައްޔަރުކުރި ހަބަރަށް އިޝާރާތްކުރައްވައެވެ.

Advertisement

ސީޕީ ނަވީން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އެ ކުދިންނަށް ރައްކާތެރި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތު ކަމަށެވެ.

"ކުޑަކުދިން ލައްވައި ކުށްކުރުވުމާއި، އެކުދިންގެ ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި ދިވެހި ފުލުހުންގެ ޚިދުމަތުން މިފަދަ މައްސަލަތައް ބަލައި، ކުށްވެރިންނަށް ޤާނޫނީގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް މަސައްކަތް ކުރާނެ. މިއީ މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާ، އަޅުގަނޑުމެން އެންމެންގެ އިޖުތިމާއީ ޒިންމާއެއް." ސީޕީ ނަވީންގެ ޕޯސްޓުގައި ވިދާޅުވިއެވެ. 

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަމަށް ސީޕީ ވަނީ އެދިލައްވާފައެވެ.މިފަދަ އަމަލުތައް ރާވައި ހިންގާ ފަރާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރުގެ ނަންބަރު 911 އަށް ގުޅައި ހިއްސާކުރުމަށް ސީޕީ ނަވީން ވަނީ އެދިލައްވާފައެވެ.

Advertisement

ކޮމެންޓް