އީސީއާއި ފުލުހުންގެ ހިދުމަތާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިޔުޑީސީ ކޮމިޓީގެ އިންތިހާބާއި ގުޅިގެން، އިލެކްޝަންސް ކޮމިޝަން(އީސީ)އާއި ދިވެހި ފުލުހުންގެ ހިދުމަތާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.ލޯކަލް ކައުންސިލްތަކާއި ޑަބްލިޔުޑީސީ ކޮމިޓީގެ އިންތިހާބު އޮންނާނީ މި އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމުގައި ފުލުހުންގެ ހިދުމަތުން ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭނެއެވެ.އީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިޔުޑީސީގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މި އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.