Advertisement

"ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026" ކާމިޔާބުކަމާއެކު ނިންމާލައިފި

02 Feb 2026 | 16:18
އެމްއޭސީއެލް އިން ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ކޭމްޕުގެ ތެރެއިން - ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ "ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނާއި، އެއާޕޯޓުގައި މަސައްކަތްކުރާ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް ބައިވެރިވެވެވޭގޮތަށް ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ އެ ޕްރޮގްރާމަށް މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ.އަދި މިއީ އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދެވުނު ހަރަކާތެއް ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އާ ގުޅިގެން ކުރިއަށްގެންދިޔަ އެ ކޭމްޕުގެ މަގުސަދަކީ ލޭ ލިބުން ދަތިވެ އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.

Advertisement

މީގެއިތުރުން ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުންވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ލޭ ހަދިޔާކުރުމުގެ ހަރަކާތް އެ ކުންފުނިން ކުރިއަށް ގެންދެއެވެ.

Advertisement

ކޮމެންޓް