ރޯދަ އެކި ކަންކޮޅުތަކުން: ޔަމަނުގެ އައްދާލީގެ ރައްޔިތުން ނިކުމެ މިސްކިތްތައް ދޮވެ ސާފުކުރާން ފަށައިފި
1447 ވަނަ އަހަރުގެ ރަމަޟާން މަސް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ދުވަހުން "ރޯދަ އެކި ކަންކޮޅުތަކުން" މި ނަމުގައި މި ސެގްމަންޓް މި ފަށަނީ ރޯދަ މަހަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަމުން އަންނަ ތައްޔާރީތަކާއި އަދި ރޯދަމަހުގެ ޚަބަރާއި މަޢުލޫމާތު ދުވަހުގެ ކިޔުންތެރީންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެނެސްދިނުމުގެ މަގުޞަދުގައެވެ.
އެގޮތުން އެންމެ ފުރަތަމަ މި ބަލައިލަނީ ޔަމަނުގެ އައްދާލީ ގަވަރުނޭޓުން އެ ސަރަހައްދުގެ މިސްކިތްތައް ރޯދަ މަހަށް ދޮވެ ސާފުކުރުމަށް ފެށި ކެމްޕޭނުގެ ޚަބަރެވެ.
މި ކެމްޕޭނު މިއަދު ފަށާފައިވާއިރު ކެމްޕޭނު އިފުތިތާހުކޮށްދިނީ އެ ގަވަރުނޭޓުގެ ޑެޕިއުޓީ ގަވަރުނަރު ހުސެއިން އަލް-މަދާޖީއެވެ.
މިއީ ކޮންމެ އަހަރަކުވެސް ރަމަޟާން މަހާއި ދިމާކޮށް ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށް ޔަމަނުގެ ސަބާ ނޫހުން ބުނެއެވެ.