Advertisement

ބީއެމްއެލްއިން ކްރެޑިޓް ކާޑުގެ ލިމިޓު 3000 ޑޮލަރާ ހަމައަށް ބޮޑުކުރަން ނިންމައިފި

28 Jan 2026 | 14:44
-

ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓު 3000 ޑޮލަރާއި ހަމައަށް ބޮޑުކުރަން އެ ބޭންކުން ނިންމައިފިއެވެ.

މި ބަދަލު ގެންނަން ނިންމާފައިވަނީ ފެބްރުއަރީ 1 ވާ ހޯމަ ދުވަހުން ފެށިގެންނެވެ.

Advertisement

ކްރެޑިޓް ކާޑުތަކަށް މިހާރު ހުރި ލިމިޓްތަކަށް ބަލައިލާއިރު ކްލެސިކް ކްރެޑިޓް ކާޑުގެ ލިމިޓަކީ 750 ޑޮލަރެވެ. ގޯލްޑް ކްރެޑިޓް ކާޑުގެ ލިމިޓަކީވެސް 750 ޑޮލަރެވެ. އަދި ޕްލެޓިނަމް ކްރެޑިޓް ކާޑުގެ ލިމިޓަކީ 1500 ޑޮލަރެވެ.

އާ ބަދަލާއެކު ކްލެސިކް ކްރެޑިޓް ކާޑުގެ ލިމިޓު 1400 ޑޮލަރަށް، ގޯލްޑް ކްރެޑިޓް ކާޑުގެ ލިމިޓް 1500 ޑޮލަރަށް އަދި ޕްލެޓިނަމް ކްރެޑިޓް ކާޑުގެ ލިމިޓް 3000 ޑޮލަރަށް އިތުރުވެގެންދާނެއެވެ.

މިއީ ކޮންމެ ކަސްޓަމަރަކަށް ޑެބިޓް ކާޑުން ބޭނުންކުރެވ ގޮތަށް ހަމަޖައްސާފައިވާ ލިމިޓްގެ އިތުރުން އެ ކަސްޓަމަރެއްގެ ކްރެޑިޓް ކާޑަށް ހަމަޖައްސާފައިވާ ލިމިޓެއް ކަން ބޭންކުން ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް