Advertisement

ފުވައްމުލަކުން 64 އަހަރުގެ ފިރިހެނަކު ގެއްލުގެން ހޯދަނީ

27 Jan 2026 | 15:35
ފުވައްމުލަކުން ގެއްލިގެން ހޯދަމުންދާ 64 އަހަރުގެ ޢަބްދުލްޢަޒީޒު މުޙައްމަދު/ ފޮޓޯ: ފުލުހުން

ޏ. ފުވައްމުލަކުން 64 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގގެން ހޯދަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ފުވައްމުލަކު ދޫޑިގަން، ދުންފިނިގެ އުމުރުން 64 އަހަރުގެ ޢަބްދުލްޢަޒީޒު މުޙައްމަދު ކަމަށެވެ. އޭނާ ގެއްލިފައި ވާކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ފުލުހުން ބުނީ ޢަބްދުލްޢަޒީޒު މުޙައްމަދު މަސައްކަތްކުރަނީ މުދާ އުފުލާ ދޯނިފަހަރުގައި ކަމާއި އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާކަމަށެވެ.

ފުލުހުން ބުނީ ޢަބްދުލްޢަޒީޒު މުޙައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.

ފުލުހުން ބުނީ ޢަބްދުލްޢަޒީޒު މުޙައްމަދު ގެއްލިފައިވާކަމަށް ރިޕޯޓުކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހައި ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފަށާފައި ވާކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައި ނުވާކަމަށެވެ.

ވީމާ، ޢަބްދުލްޢަޒީޒު މުޙައްމަދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަން ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް