Advertisement

80،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި

27 Jan 2026 | 09:29
މި އަހަރު އަލަށް ކިޔަވަދޭން ފެށި ޝަހީދު އަލީ ސްކޫލު - ފޮޓޯ: ރައީސް އޮފީސް

ޖުމްލަ 80،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ރަސްމީިކޮށް ފަށައިފިއެވެ.

ނިމިދިޔަ ދިރާސީ އަހަރު ނިންމާ ޑިސެމްބަރު މަހުގައި ދަރިވަރުން ޗުއްޓީއަށް ދިޔައިރު، އެއީ ޗުއްޓީއަށްގެނައި ބަދަލު ކުރިން އޮތް ގޮތަށް ބަދަލުކޮށް ދަރިވަރުންނަށް ޑިސެމްބަރު މަހުގައި ޗުއްޓީދިން ފުރަތަމަ ފަހަރެވެ. 

Advertisement

އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ގްރޭޑް އެކަކަށް މިއަހަރު މުޅިން އަލަށް 4،790 ވަނީ ގުޅިފައެވެ. އެއީ މާލޭގެ ސްކޫލުތަކަށް ވަންނަން އެދުނު 1،748 ދަރިވަރުންނާއި އަތޮޅުތެރޭގެ ސްކޫލުތަކަށް ވަންނަން އެދުނު 3،042 ދަރިވަރުންނެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، ތިން ހަފްތާއެއްހާ ދުވަހު ކިޔެވުމަށްފަހު ރޯދައާއި ގުޅިގެން އެކުދީންނަށް އަނެއްކާވެސް ބޮޑު ބަންދެއްް ލިބެއެވެ. މި އަހަރުގެ ފުރަތަމަ ޓާމް ނިންމައި ދަރިވަރުން ޗުއްޓީއަށް ދާނީ އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހުގައެވެ.

މިއަހަރުވެސް ދަރިވަރުންނަށް ޑިސެމްބަރު މަހުގައި ބޮޑު ޗުއްޓީލިބޭއިރު ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ސްކޫލުތައް ބަންދުވާނެއެވެ. އަދި އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ އަންނަ 2026 ވަނަ އަހަރުގެ ޖެނުވަރީ މަހުގެ 17 ވަނަ ދުވަހުގައެވެ. 

Advertisement

ކޮމެންޓް