ތަޅައިފޮޅި ހަތަރު ބިދޭސީއަކު ހައްޔަރު
ވިލިމާލޭގައި ތަޅައިފޮޅި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ ހުކުރު ދުވަހުގެ 15:58 އެހައިކަންހާއިރު ވިލިމާލޭގައި ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާ ގުޅިގެން 4 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ މުޙައްމަދު ހަސަން މިއާ (32އ) އާއި ސޮރިފް މިއާ (35އ) އާއި މޫމިން މިއާ (35އ) އަދި ސަހިއްތަ ޚާން (21އ) އެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މި އެންމެންވެސް 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.