Advertisement

ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރު

23 Jan 2026 | 23:31
-

ދ. މީދޫގައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ދ. މީދޫގައި، ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތެކެވެ.

Advertisement

"މި ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އެމީހަކު ގެންދިއުމުން ރައްޔިތުންގެ ތެރެއިން ބަޔަކު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް