Advertisement

ވަގަށް ނަގާފައިވާ ވަޅޯމަސްތަކަކާއި ބަށިތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފި

22 Jan 2026 | 14:35
ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނުކުރި ވަޅޯމަސްތަކާއި ބަށިތައް/ ފޮޓޯ: އައްޑޫ ސިޓީ ޕޮލިސް

އައްޑޫ ސިޓީ ފޭދޫއިން ވަގަށް ނަގާފައިވާ ވަޅޯމަސްތަކަކާއި ބަށިތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. 

އައްޑޫ ސިޓީ ފުލުހުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، މިމަހުގެ 19 ވަނަ ދުވަހު ގަން ޕޮލިސްގެ ފުލުހުން ސ.ފޭދޫ އިން ހިފެހެއްޓި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ވަޅޯމަސް ތަކަކާއި، ބަށިތަކެއް ވަނީ ފެނިފައި ވާކަމަށެވެ.

Advertisement

އައްޑޫ ސިޓީ ޕޮލިހުން ކޮށްފައިވާ ޕޯސްޓު/ ފޮޓޯ: އައްޑޫ ސިޓީ ޕޮލިސް

އަދި މި ތަކެތީގެ ވެރިފަރާތުން ގަން ޕޮލިސްގެ ނަމްބަރު 125 އަށް ގުޅުއްވައި، މި ތަކެތި ގެންގެންދިއުމަށް ފުލުހުންގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް