އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްއިން ކޮންމެ އަހަރަކު ރޯދަ މަހާއި ދިމާކޮށް ބާއްވާ ހާއްސަ ޕްރޮމޯޝަންތައް ތަޢާރަފްކޮށް ރޯދަ ސޭލް ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންތަކުގެ މަގްސަދަކީ ރޯދަމަހަށް ގޭތެރެ ކުލަލުމާއި ޒީނަތްތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ކުލައާއި ދަވާދު އަދި މި ނޫނަސް މަރާމާތު ކުރުމަށް ބޭނުން ކުރެވޭ ސާމާނު ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެންވެސް އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ވަރަށް ހާއްސަ ރޯދަ ސޭލެއް ފަށާފައި ވާކަމަށާއި މި އަހަރުގެ ރޯދަ ސޭލް ކުރިއަށް ދަނީ ވެލިގާ ހާޑްވެއާ އާއި ގުޅިގެން ކަމަށެވެ.
މި ޕްރޮމޯޝަން ރަސްމީކޮށް ފަށާފައިވަނީ ރޭ ހުޅުމާލޭގެ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލުއިޝަންސް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ ވެލިގާގެ ޑިރެކްޓަރު ޒައިދު މުހައްމަދެވެ.
މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓަރު މުހައްމަދު އީމާން އަދި ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި ނިޕޯން ޕެއިންޓުގެ ޑެލިގޭޓުންވެސް ވަނީ އެ ހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި/ ފޮޓޯ: އެސްޓީއޯ
މި އަހަރުގެ ރޯދަ ސޭލްގައި ޑިސްކައުންޓް އެޅުވިފައި ހުންނާނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވިއްކާ ޕްރޮޑަކްޓްތަކުގެ ތެރެއިން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓް ތަކުގައި ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އެގޮތުން ނިޕޯން ޕެއިންޓުގެ ހޮވާލެވިފައިވާ ޕްރޮޑަކްޓް ތަކަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާއިރު މަކިޓާގެ ބައެއް ޓޫލްސް ތަކަކުން %70 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދަނީ ވެލިގާ ހާޑްވެއާ އާއި ވެސް ގުޅިގެންކަމުން، ވެލިގާ ހާޑްވެއާ އިން ވިއްކާ ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްކަތުންވެސް ޑިސްކައުންޓް ލިބިގެންދާނެއެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮޑަކްޓްތަކުން ކުރާ ވިޔަފާރި ތަކުން ކޮންމެ 500ރ އަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށެވެ. އަދި ކޫޕަން ތަކުން ނެގޭ ލަކީ ޑްރޯ އަކުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ބޮޑެތި އިނާމުތަކެއް ވަނީ ހުށަހެޅިފައި ވާކަމަށެވެ. އެގޮތުން 1 ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ވައުޗަރެއް، 2 ވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ވައުޗަރެއް އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް، ސްޓޯން ހޮޓެލްގައި 2 ބޭފުޅަކަށް 2 ދުވަހުގެ ހުރުން ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނެ އައުޓްލެޓްތައް:
އެސްޓީއޯ ކޮންސްޓްރަކްޝަންސް އަމީނީ މަގު ފިހާރަ
މާލެ މަކިޓާ ޝޯރޫމް
ހުޅުމާޅެ ކޮންސަޓްރަކްޝަންސް ޝޯރޫމް
މާލެ އަދި ހުޅުމާލޭގެ ވެލިގާ ހާޑްވެއަރ އައުޓްލެޓްތައް
އެސްޓީއޯގެ ރީޖަނަލްސް އައުޓްލެޓްތަކުން ވިއްކާ ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުންވެސް ޑިސްކައުންޓްތައް ލިބިގެންދާނެއެވެ. މި ރީޖަނަލް އައުޓްލެޓްތަކުން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑުގެ ޕްރޮޑަކްޓްތައް ބައްލަވައިގަންނަ ފަރާތްތަކަށްވެސް ލަކީ ޑްރޯގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 26 މާރިޗު 2026 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.