Advertisement

މެޓް އޮފީހުގެ ބްރޭންޑިން އިފްތިތާހުކޮށްފި

21 Jan 2026 | 09:21
މެޓް އޮފީހުގެ ބްރޭންޑިން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވާރަމެންޓް ތޯރިޤް އިބްރާހީމް ވާހަކަދައްކަވަނީ/ ފޮޓޯ: މެޓް އޮފީސް

ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާ މޯލްޑިވްްސް މީިޓިއޮރޮލޮޖިކަލް ސާވިސްގެ ބްރޭންޑިން އިފްތިތާހުކޮށްފިއެވެ. 

މިކަމަށް ހާއްސަކޮށްގެން މިނިސްޓަރު ތޯރިޤް ޝަރަފުވެރިކޮށްދެއްވާ ރޭ ބޭއްވި ޖަލްސާއެއްގައި ވަނީ މެޓް އޮފީހުގެ ބްރޭންޑިން ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.

Advertisement

މެޓް އޮފީހުން ބުނީ އެއީ އެ މުވައްސަސާއިން ފޯރުކޮށްދޭ މޫސުމާއި ކްލައިމެޓްގެ އިތުރުން ބިންހެލުމާއި ސުނާމީ އަދި ދުރާއިންޒާރީ މައުލޫމާތުތައް ތަރުތީބުކޮށް އެއް ބައްޓަމަކަށް ހުށަހަޅައިދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމުގައެވެ.

މެޓް އޮފީހުގެ ބްރޭންޑިން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: މެޓް އޮފީސް

އަދި އެ ކަމަކީ ޗައިނާ އިންްޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ އެހީގައި ޔޫއެންޑީޕީއިން ހިންގާ "ތައްޔާރު" ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދެވުނު މަސައްކަތެއްކަން އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. 

Advertisement

ކޮމެންޓް