Advertisement

އެފް. އެންޑް ބީ ޝޯ 2026ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ބިޒްނަސް

20 Jan 2026 | 21:24
އުރީދޫ ބިޒްނަސް ގެ ފަރާތުކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ބަލާލުމަށް އެފް. އެންޑް ބީ ޝޯ އަށް ޒިޔާރަތްކޮށްލާ

ފުޑް އެންޑް ބެވަރޭޖް ޝޯ 2026 ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ބިޒްނަސް އިން ހައިރައިޒް އާއެކު ޕާޓްނަރ ވެއްޖެ އެވެ.

ފުޑް އެންޑް ބެވަރޭޖް ޝޯގެ ނުވަ ވަނަ އެޑިޝަންގައި 2026 ވަނަ އަހަރުގެ ޖެނުއަރީ 21 އިން 24 އަށް ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެއެވެ. މި ޝޯގައި އިންޑަސްޓްރީގެ އިސްވެރިންނާއި، ސަޕްލަޔަރުންނާއި، ވިޔަފާރިވެރިން ބައިވެރިވާނެ އެވެ.

Advertisement

ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ ބިޒްނަސް އިން މުހިންމު ދައުރެއް އަދާކުރާނީ، ޑިޖިޓަލް ސޮލިއުޝަންތަކާއެކު މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ވިޔަފާރި ހިންގުމަށާއި، ކަސްޓަމަރުން އެންގޭޖްކޮށް، ވާދަވެރި މާކެޓެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދިނުމަށެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެގްޒިބިޝަންގައި އުރީދޫ ބިޒްނަސް އަށް ހާއްސަ ބޫތެއް ވެސް ހުންނާނެ އެވެ.

އުރީދޫ ބިޒްނަސް އިން ގެނެސްދޭ ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ އުފެއްދުންތެރިކަން އިތުރުކޮށް، ކަސްޓަމަރުންގެ ތަޖުރިބާ ފުޅާކޮށް، މުސްތަގުބަލަށް ތައްޔާރުވުމަށް އަމާޒުކޮށްގެން ވިޔަފާރިތަކަށް ގެނެސްދެވޭ ޚިދުމަތްތަކެވެ.

އުރީދޫ ބިޒްނަސް އިން ވަނީ މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް އެ ކުންފުނީގެ ބޫތު އަށް ޒިޔާރަތް ކުރުމަށް ދައުވަތު ދީފަ އެވެ.

Advertisement

ކޮމެންޓް