ކުރީގެ ޗީފް ކޮމިޝަނަރ އޮފް ސްކައުޓް ޚާލިދު ނިޔާވެއްޖެ
ސްކައުޓު އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު މިއަދު ނިޔާވެއްޖެއެވެ.
ޗީފް ކޮމިޝަނާ އޮފް ސްކައުޓްގެ މަގާމު މީގެ ކުރިން ފުރުއްވި ޚާލިދަކީ އެ އެސޯސިއޭޝަންގެ ޕާމަނަންޓް މެންބަރެކެވެ.
އޭނާ ވަނީ ސްކައުޓް ހަރަކާތުގެ ތެރޭގައި ދިގު މުއްދަތެއް ހޭދަކުރައްވާފައެވެ.
ޚާލިދު ނިޔާވުމާއި ގުލިގެން ސްކައުޓް އެސޯސިއޭޝަނުން ފޮނުވާފައިވާ ތައުޒިޔާގެ3 މެސެޖު --
ސްކައުޓް އެސޯސިއޭޝަނުން ވަނީ ޚާލިދު ނިޔާވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.
ޚާލިދު ނިޔާވީ އައިޖީއެމްެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރަކީ 65 އަހަރެވެ.