Advertisement

ރިހެބިލިޓޭޝަންގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުން ހާއްސަަ ޓްރޭނިންއެއް ހިންގައިފި

20 Jan 2026 | 12:14
ރިހެބިލިޓޭޝަންގެ ދާއިރާގައި އޮފިސަރުން ހިންގި ހާއްސަަ ޓްރޭނިންގެ ތެރެއިން/ ފޮޓޯ: ކަަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ގޮތުން "ރިސްކް ނީޑް އެންޑް ރެސްޕޮންސިވިޓީ" ގެ ނަމުގައި ޓްރޭނިން ޕްރޮގްރާމެއް އައްސޭރި ޖަލުގައި ހިންގައިފިއެވެ.

ކަރެކްޝަނުން ބުނީ ޖަނަވަރީ 18 ން ފެށިގެން 19 އަށް ކުރިޔަށްދިޔަ އެ ޓްރޭނިން ޕްރޮގްރާމްގައި ޤައިދީންގެ ރިހެބިލިޓޭޝަން ދާއިރާގައި މަސައްކަތްކުރާ 14 އޮފިސަރުން ބައިވެރިވެފައި ވާކަމަށެވެ.

Advertisement

ރިހެބިލިޓޭޝަންގެ ދާއިރާގައި އޮފިސަރުން ހިންގި ހާއްސަަ ޓްރޭނިންގެ ތެރެއިން/ ފޮޓޯ: ކަަރެކްޝަންސް

އެ ޓްރޭނިން ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމާއި  “ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ” މޮޑެލް ފަދަ ބައިނަލްއަޤްވާމީ މިންގަނޑުތައް ބޭނުންކޮށްގެން، އެކި ބާވަތުގެ ކުށްތަކުގައި ބަންދުކުރެވިފައިވާ ޤައިދީންނަށް ޚާއްސަ ކޮމިއުނިޓީ ބޭސްޑް ސްޓްރެޓެޖީތަކެއް އެކުލަވާލައި ތަންފީޛުކުރުން ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

އެގޮތުން ޓްރޭނިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން ޓެޓްރާޓެކްގެ ޕްރިޒަން އެކްސްޕަރޓް މިސްޓަ ޓޯނީ ހެސަލް ކަމަށް ކަރެކްޝަނުން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

ކޮމެންޓް