Advertisement

މުއްދަތު ހަމަވިއިރު އީސީއަށް 779 ޝަކުވާއެއް

18 Jan 2026 | 15:55
ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުން މިއަދަށް ހަމަވެފައި ވާއިރު އެކަމާއި ގުޅިގެން ޖުމްލަ 779 ޝަކުވާއެއް ލިބިފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން އީސީއިން ބުނެފިއެވެ. 

އެ ކޮމިޝަނުން ވަނީ މިއަދުގެ 12:00 އާއި ހަމައަށް 639 ޝަކުވާއެއް ލިބިފައި ވާކަމަށް ބުނެފައެވެ. 

Advertisement

ދުވަހަށް މައުލޫމާތު ދެމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ސަލާހް ރަޝީދު ވިދާޅުވީ މިއަދުގެ 15:00ގެ ނިޔަލަށް އެކޮމިޝަނަށް 779 ޝަކުވާއެއް ލިބިފައިވާކަމަށާއި ގިނައިން ޝަކުވާ އައިސްފައި ހުރީ އެޑްރެސް ބަދަލުވުމުންނާއި، ރައްވެހިކަން ބަދަލުވުމުގެ އިތުރުން ނިޔާވެފައިވާ މީހުންގެ ނަން އޮތުމުން އެ ނަން ރަޖިސްޓްރީއިން އުނިކުރުމަށް ކަމަށެވެ. 

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކުރުމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. އީސީއިން ބުނީ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހު މެންދުރުފަހު 15:30 އާއި ހަމަޔަށް ފޯމު ހުށަހެޅޭނޭކަމަށާއި އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނީ، ރަސްމީ ގަޑިތަކުގައި ކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:30 އަށް ފޯމް ބަލައިގަންނާނެ ކަމަށާއި ހުކުރު ދުވަހު 15:30 އިން 18:00 އަށް ފޯމް ބަލައިގަންނަމުންދާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސަައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ އަންނަ އެޕްރީލްމަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.

Advertisement

ކޮމެންޓް