ހުމާއި އަރިދަފުސް ރޯގާއަށް ހާއްސަ ފްލޫ ކުލިނިކެއް އައިޖީއެމްއެޗްގައި ގާއިމްކޮށްފި
ހުމާއި އަރުދަފުސް ރޯގާއަށް ހާއްސަކޮށްގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފުލޫ ކްލިނހިކެއް ގާއިމްކޮށްފިއެވެ.
މި ދުވަސްވަރަކީ ހުމާއި އަރިދަފުިސް ރޯގާގެ އިތުރުން ޑެންގީ ގިނަަވަމުން އަންނަ ދުވަސްވަރެކެވެ. އައިޖީއެމްއެޗުން ވަނީ އެ ފްލޫ ކުލިނިކުން، ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތް ލިބޭނެ ކަމަށް ބުނެފައެވެ.
އަދި އެ ކްލިނިކު ކޮންމެ ދުވަހެއްްގެ ހެންދުނު 10:00 އިން ފެށިގެން ރޭގަނޑު 22:00 އަށް ހުޅުވިފައި ހުންނާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އައިޖީއެމްއެޗުން ބުނީ ފްލޫ ކްލިނިކުގެ ޚިދުމަތްތައް ލިބޭނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ދިހައަކުން ކަމަށެވެ. އަދި ކުލިނިކުގެ ޚިދުމަތް ހޯދުމަށް ފުރަތަމަ ދާން ޖެހެނީ އައިޖީއެމްއެޗުގެ އީއާރު ޓްރައިޖަށް ކަމަށް އެހޮސްޕިޓަލުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.
އެގޮތުން ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަންބަރެއް ނެގުމުން ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިޔުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެކަން ފާހަގަކޮށް އެ ހޮސްޕިޓަލުން ވަނީ ކުލިނިކަށް ދާނޭގޮތް މެޕެއްގައި ކުރަހައި ޕޯސްޓްކޮށފައެވެ.waw
އައިޖީއެމްއެޗުން އާންމުކޮށްފައިވާ ފުލޫ ކުލިނިކުގެ ޗާޓު/ ފޮޓޯ: އައިޖީއެމްއެޗް
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސްހިސދާބުތަކުން ދައްކާގޮތުގައި ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ޑެންގީ ޖެހިގެން 413 މީހަކު ވަނީ ރިޕޯޓުކޮށްފައެވެ. އެއީ 2024 ވަނަ އަހަރުގެ ޑިސެންބަރުމަހުގައި ރިޕޯޓުކޮށްފައިވާ 70 މީހުންނާއި އަޅާބަލާއިރު 490 ޕަސެންޓުގެ އިތުރުވުމެކެވެ.
ބަލިތައް ފެތުރެމުންދާ ދުވަސްވަރު އެ ބަލިތަކުން ރައްކާވެ ތިބުމަށް ސިއްޚީ މާހިރުންނާއި އެޗްޕީއޭއިން އަބަދުވެސް ދަނީ އިރުޝާދުދެމުންނެވެ.