Advertisement

"ބޯހިޔާވެހިކަން އެންމެނަށް" ޕޯޓަލް މެދުވެރިކޮށް ފުލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލައިފި

18 Jan 2026 | 11:23
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ “އާއިލީ ބޯހިޔާވަހިކަން “ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގަި މިނިސްޓަރު މުއްތަލިބު/ ފޮޓޯ: ހައުސިން މިނިސްޓްރީ

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީއިން މިއަދު ހުޅުވާލައިފިއެވެ.

މިނިސްްޓްރީއިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްްގައި ވަނީ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި މާކްސް ދޭނޭ އުސޫލުތައް ގެޒެޓުގައި ޝާޢިއުކޮށްފާވާނެ ކަމަށް ބުނެފައެވެ. އެގޮތުން މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ޕޯސްޓުގައި ބުނެފައިވާއިރު ފެލްޓަށް އެދި ހުށަހެޅޭނީ އަންނަ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

Advertisement

"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނު ކޮށްްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުގައެވެ. އެ ސްކީމުގައި ވަނީ ގޯއްޗާއި ފްލެޓް ދޫކުރުމުގެ އުސޫލުވެސް އާއްމުކޮށްފައެވެ.

މިފަހަރުގެ ސްކީމުގައި ވަނީ މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނާއި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ ކެޓަގަރީތަކެއް ހިމަނާފައެވެ. ހައުސިން މިނިސްޓްރީއިން ވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ހާލަތާ އެންމެ އެކަށީގެންވާ އެއް ކެޓަގަރީއަކުން ފޯމު ހުށައެޅުމަށް އިލްތިމާްކޮށްފައެވެ. އަދި ފޯމު ހުށައެޅުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ސަރުކާރުން މިފަހަރު އާންމުކޮށްފައިވާ ލިސްޓުގައި މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވއިރު މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.

މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ދޫކުރުމަށް ވަނީ ހިމަނާފައެވެ. އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކަށް ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ހާއްސަކޮށްފައެވެ. މީގެ އިތުރުން ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތު މިސްކީމުގެ ދަށުން ލިބިގެންދާނެކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް