ހައުސިން އެޅުމަށް ދިވެހި ކުންފުނިތަކާވެސް ހަވާލުކުމަށް ހަމަޖެހިފައިވޭ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސްގެ އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން އަޅާ ހައުސިން ޔުނިޓްތައް އެޅުމަށް ދިވެހި ކުންފުނިތަކާވެސް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.
މިކަން ހާމަކުރީ އެ ބޭންކުގެ ތަރުޖަމާނު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ސައީދު ވިދާޅުވެފައިވަނީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން މިއަދު މަސައްކަތް ހަވާލުކުރި ހައުސިން ޔުނިޓްގެ އިތުރުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާއެކު އިތުރު ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށާއި މިއާއެކު ޖުމުލަ 3000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީ މަހު ފެށޭނެކަމަށެވެ.
މިއަދު ބީއެމްއެލްއިން ވަނީ ބޭރުގެ ބޮޑު ދެ ކުންފުންޏަކާ ހައުސިންގ ޔުނިޓްތަކުގެ އިމާރާތްކުރުމުގެ ދެ މަޝްރޫއުގެ މަސައްކަތް މިއަދު ހަވާލުކޮށްފައެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން މިއަދު ހަވާލުކުރި 2000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީ މަހު ފަށާނެއެވެ.