Advertisement

އޮސްޓްރޭލިއަން އޯޕަންގެ ފައިނަލް ބަލައިލަން ދިޔުމުގެ ފުރުސަތު ދިފްރާން އަށް

25 Dec 2025 | 15:40
-

ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަރކާޑު ގުޅިގެން ހިންގި އޮސްޓްރޭލިއަން އޯޕަން ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް މުޙައްމަދު ދިފްރާން ޢަޒީޒް ހޮވައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވާގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ދިފްރާން އާއި އޭނާގެ ބައިވެރިއަކަށް އޮސްޓްރޭލިއަން އޯޕަން 2026 ގެ ފައިނަލް މެޗުތައް ބަލާލުމަށް ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެއެވެ. މީގެ ތެރޭގައި ދެމީހުންގެ ދެކޮޅު ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން މެޗު ބަލާލުމުގެ ޓިކެޓް ހިމެނެއެވެ.

Advertisement

ސެޕްޓެމްބަރު އެކަކުން އޮކްޓޫބަރުގެ ނިޔަލަށް ކުރިއަށްދިޔަ މި ޕްރޮމޯޝަނަކީ ބީއެމްއެލް މާސްޓަރކާޑު ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގި ޕްރޮމޯޝަނެކެވެ.

މާސްޓަރކާޑަކީ އޮސްޓްރޭލިއަން އޯޕަންގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަރކާޑު ގުޅިގެން ދަނީ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ތަފާތު ކުޅިވަރު ތަޖުރިބާތަކާއި ފުރުސަތުތައް ފޯރުކޮށްދެމުންނެވެ. އެގޮތުން 2025 ވަނަ އަހަރު ބީއެމްއެލް އިން ވަނީ މާސްޓަރކާޑާ ގުޅިގެން ޔޫއެފްއާ ޗެމްޕިއަންސް ލީގު މެޗެއް ބަލާލުމުގެ ފުރުސަތާއި، ކޮލަމްބޯ ފެޝަން ވީކް ތަޖުރިބާ ކުރުމުގެ ފުރުސަތުގެ އިތުރުން ޗެމްޕިއަންސް ލީގު ފައިނަލްގައި ޕްލޭޔަރ މެސްކޮޓްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހިމެނޭހެން ގިނަ ޕްރޮމޯޝަންތަކެއް ހިންގާފައެވެ.

Advertisement

ކޮމެންޓް