ކޮމަލިކާގެ ރޯލު ކުޅުނު ހީނާ ޚާން ރާއްޖޭގައި
އިންޑިއާގެ ޓީވީ ތަރި ހީނާ ޚާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
"ޔޭ ރިޝްތާ ކްޔާ ކެހެލާތާހޭ"، އާއި "ކަސޯޓީ ޒިންދަގީކޭ" ފަދަ ޓީވީ ސީރީޒްތަކުންނާއި ގިނަ އަދަދެއްގެ މިއުޒިކް ވީޑިއޯތަކުން ފެނިފައިވާ ހީނާ ޚާން ޗުއްޓީ ހޭދަކުރަމުން އަންނަނީ "ދަ ހަލްސްޔާން ޕްރައިވެޓް އައިލްސް މޯލްޑިވްސް" ގައެވެ.
ހީނާ އާއެކު ހީނާގެ ފިރިމީހާ، ރޮކީ ޖެއިސްވާލްއާއި ހީނާގެ މަންމަ ރުކްޝާނާ އަސްލަމް ޚާންވެސް ރާއްޖެ އައިސްފައިވެއެވެ.
ހީނާ އަކީ މުސްލިމް ތަރިއެކެވެ. މި އަހަރުގެ ތެރޭގައި އޭނާގެ މަންމައާއެކު އުމްރާގެ އަޅުކަމުގައި ބައިވެރިވި ޚަބަރުވެސް އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީއަށް އެރިއެވެ.