Advertisement

އުރީދޫ ފަން ރަން ކުޑަކުދިންގެ ހަވީރު: ފްރީ ފްލައިން އެސޯސިއޭޝަންގެ ދޫނިތަކާއެކު ކުޑަކުދިންނަށް ފޮޓޯ ނެގުމުގެ ފުރުޞަތު

17 Dec 2025 | 14:35
-

އުރީދޫ ފަން ރަން ކުޑަކުދިންގެ ހަވީރުގައި މޯލްޑިވްސް ފްރީ ފްލައިންގ އެސޯސިއޭޝަންގެ ދޫނިތައްވެސް ބައިވެރިވާނެކަން އުރީދޫއިން ހާމަކޮށްފިއެވެ.

އެގޮތުން، އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ފްރީފްލައިންގ އެސޯސިއޭޝަން އާއިއެކު ވަނީ ޕާޓްނަޝިޕެއް ހެދިފައިވާއިރު މި ޕާޓްނަރޝިޕާއެކު މއެސޯސިއޭޝަންގެ މެންބަރުންގެ ދޫނިތައް ފަން ރަންގައި ބައިވެރިކުރާނެ ކަމަށާއި އަދި ފަން ރަންގެ ކުޑަކުދިންގެ ހަވީރުގައި ބައިވެރިވާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

Advertisement

ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ 18 ޑިސެމްބަރ ވާ ބުރާސްފަތި ދުވަހު ހަވީރު ހަތަރަކުން ހަޔަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ފްރީ ފްލައިން މޯލްޑިވްސް އެސޯސިއޭޝަނަކީ ދޫނި ގެންގުޅުމާއި ދޫނި ސޫފާސޫފީގެ މުޖުތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަގްސަދަކީ އެކުވެރި ދޫނިތަކުގެ މިނިވަންކަން ކަށަވަރު ކުރުމަށް ވެލްފެއަރ ފަސްޓް ސްޓޭންޑަޑްތަކާއި، ދޫނި ގެންގުޅޭ ގޮތުގެ ރަގަޅު މައުލޫމާތު ފޯރުކޮށްދިނުމެވެ.

އެ ޖަމިއްޔާއަކީ ދޫނި ގެންގުޅޭ ފަރާތްތަކުން އިސްނަގައިގެން އުފައްދާފައިވާ ފުރަތަމަ އެން.ޖީ.އޯއެވެ. އެ އެން.ޖީ.އޯގެ ހާއްސަ ހަރަކާތެއް 40 ދޫންޏާއެކު ގުރައިދޫގައި 20 ޑިސެމްބަރ ގައި ކުރިއަށް ދާނެއެވެ.

Advertisement

ކޮމެންޓް