Advertisement

ހިންމަފުށި ކައުންސިލް މެންބަރު ކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މިފަހަރު ސުޒޭން ޚަލީލް

16 Dec 2025 | 19:33
-

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކ. ހިންމަފުށީ ކައުންސިލުގެ މެންބަރު ކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާން ސުޒޭން ހަލީލް ނިންމަވައިފިއެވެ.

ހިންމަފުށީ، ނައިޓްމޫން ސުޒޭން ޚަލީލް ވަނީ އެކަން އޭނާގެ ސޯޝަލް މީޑިއާގެ ރަސްމީ އެކައުންޓުތަކުންވެސް އިޢުލާނުކުރައްވާފައެވެ.

Advertisement

"މި މުހިންމު މަޤާމަށް ކުރިމަތިލުމުގައި ހިންމަފުށީގެ ލޮބުވެތި ރައްޔިތުންގެ ތާޢީދާއި އެހީތެރިކަމަކީ އަޅުގަނޑަށް ލިބޭނެ ނުހަނު ބޮޑު ހިތްވަރެއް" އޭނާ ވިދާޅުވެފައިވެއެވެ.

ސުޒޭން އިތުރަށް ވިދާޅުވެފައިވަނީ ރަށުގެ އެންމެހާ ބޭފުޅުންގެ ވޯޓާއި ތާޢީދު ދެއްވުންއެދި އިޚްލާޞްތެރިކަމާއެކު ދަންނަވާކަމަށެވެ. ވާގި އެދެނީ މާތް ﷲގެ ހަޟްރަތުން ކަމަށެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައެވެ.

Advertisement

ކޮމެންޓް