އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ރޯމިންގ އެޑްއޮން ތަކެއް ތައާރަފުކޮށްފި
އުރީދޫ މޯލްޑިވްސް އިން އާ ރޯމިން ޑޭޓާ އެޑް-އޮން ޕެކްތަކެއް ތައާރަފްކޮށްފި އެވެ.
އުރީދޫ އެޕް މެދުވެރިކޮށް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި އެޑް-އޮންތައް ލިބެން ހުންނާނެ އެވެ.
ކަސްޓަމަރުންނަށް ޑޭ ޕާސް، ދެ ހަފްތާގެ ޕެކް އަދި ހަތަރު ހަފްތާގެ ޕެކް ހިމެނޭ ގޮތަށް ތަފާތު ރޯމިން ޑޭޓާ ޕްލޭންތައް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
މި އެޑްއޮން ތަކާއެކު ދިވެހިން ރާއްޖެއަށް ބޭރަށް ކުރާ ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީ، ދެފުށް ފެންނަ އަގުތަކާއި ރިއަލް ޓައިމް ޔޫސޭޖް ޓްރެކިންއާއެކު ރޯމިން ބޭނުންކުރުމުގެ ފުރިހަމަ ކޮންޓްރޯލް ލިބިގެންދާނެ އެވެ.
އާ ރޯމިން ޑޭޓާ އެޑް-އޮންތަކާ އެކު، ކަސްޓަމަރުންނަށް ދަތުރުގެ މުއްދަތާއި ޑޭޓާ ބޭނުންތަކަށް އެންމެ އެކަށޭނަ ޕްލޭނެއް ޚިޔާރުކުރެވޭނެ އެވެ. މި ޕެކްތަކުގެ ސަބަބުން ވާދަވެރި އަގުތަކުގައި ޑޭޓާ އެލަވަންސްތައް ލިބި، ރާއްޖެއިން ބޭރަށް ދަތުރު ކުރާއިރު އިތުރަށް ފަސޭހަވެގެން ދާނެއެވެ.
- 4 ޖީބީ 4 ހަފްތާއަށް: 375 ރުފިޔާ
- 2 ޖީބީ 4 ހަފްތާއަށް: 400 ރުފިޔާ
- 2 ޖީބީ 2 ހަފްތާއަށް: 200 ރުފިޔާ
- 5 ޖީބީ 4 ހަފްތާއަށް: 750 ރުފިޔާ
- 1 ޖީބީ ޑޭ ޕާސް 99 ރުފިޔާ
- 2 ޖީބީ 2 ހަފްތާ: 250 ރުފިޔާ
- 1 ޖީބީ ޑޭ ޕާސް 99 ރުފިޔާ
މި އެޑް-އޮންތަކަކީ ރާއްޖޭން ބޭރުގައި އާ ތަންތަން ބަލާލުމާއި، މަސައްކަތް ކުރުމާއި، އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތުތައް ހިއްސާ ކުރުމާއި، ނެވިގޭޝަން އަދި ޒަރޫރީ ޓްރެވަލް އެޕްތައް ބޭނުންކުރުމުގައި ގުޅުން ބަދަހި ކުރަން ބޭނުންވާ ދަތުރުވެރިންނަށް ވަރަށް ކަމުދާނެ އެޑް-އޮންތަކެކެވެ.
އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ރޯމިން ޑޭޓާ ޕެކޭޖެއް ވަގުތުން އެކްޓިވޭޓް ކުރެވޭނެ އެވެ