Advertisement

ސަރުކާރުގެ އަމާޒަކީ މަސްވެރިން އިތުރަށް ޒަމާނީކުރުން: ރައީސް ޑރ. މުއިއްޒު

10 Dec 2025 | 09:05
-

ދިވެހިރާއްޖޭގެ މަސްވެރިކަން އިތުރަށް ފުޅާކޮށް މަސްވެރިން ޒަމާނީކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މަސްވެރިންގެ ދުވަހާއި ގުޅިގެން އެކްސްގައި މިއަދު ކުރެއްވެވި ޕޯސްޓެއްގައެވެ.

Advertisement


  ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ވަނީ ލާމެހިފައި. އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި. ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން. ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން. ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން. މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުން.މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، މި ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް މި ދަންނަވަނީ، މާތްﷲގެ ތަނަވަސް ރަޙްމަތާައި މަދަދާއި ބަރަކާތް ދިވެހި ލޮބުވެތި މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދި ދުޢާކުރަމުން.

ރައީސް ވިދާޅުވިއެެވެ.

މި ސަރުކާރުން މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ކައިރިން ބަލައި އެކަކަން ހައްލު ކުރުމަށް ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

އެގޮތުން މަސްވެރިންގެ އެންމެ ގިނަ ދުވަސްވީ ޝަކުވާ، ކިރާ މަހަށް ފައިސާ ލިބުން ލަސްވުމުގެ މައްސަލަވެސް މިހާރު ވަނީ މި ސަރފުކާރުން ހައްލެއް ގެނެސްދީފައެވެ. 

Advertisement

ކޮމެންޓް
ާަޔަހްޔާ
،ތިޔަ ކަމެއް ނުވަނެ. ،މިނިސްޓްރިގެ ޓެކްނިކަލް އިސް މިހުންނަކީ ރައްޖެއިން ބެ،ެރުގަ އަބަދު އުލެބައެއް. ،ދާައިރަަަކުރިއެއް ނަ،ަރަނެއް ތަން ހިންގަން މުވައްޒަފުން ނުތިބެ އަމިއްލަ މަންފ،ައަައް އުލެންޔަ
11 Dec 2025