އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަކަށް ޣަފޫރު!
އެމްޑީޕީގެ ވަގުތީ ޗެއާރޕާސަނަކަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަފޯ) ރޭ އެ ޕާޓީން އިންތިހާބުކޮށްފިއެވެ.
އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް މެމްބަރު ޣަފޫރު އިންތިހާބުކުރީ 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއިއެކުއެވެ. ޗެއާރޕާސަން ކަމަށް ކުރިމަތިލީވެސް ޣައަފޫރު އެކަނިން ކަމުން ވޯޓަށް އެހީވެސް ޣައަފޫރުގެ ނަން އެކަންޏެވެ.
އެ މަގާމު ހުސްވުމާއި ގުޅިގެން އެމްޑީޕީން މީގެ ކުރިންވެސް ބައްދަލުވުމެއް ބޭއްވިއެވެ. އެހެން ނަމަވެސް އެ މަގާމަށް ކުރިމަތިލީ ދިއްދޫ ދާއިރާގެ މެންބަރުު އަބްދުﷲ ވަހީދު (ވައްޑޭ) މަގާމަށް ނެގުމަށް ވޯޓު ނެގިއިރު ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެދި ބައްދަލުވުން ހޫނުވެ، ބައްދަލުވުން މެދުކަނޑާލިއެެވެ. އެ ބައްދަލުވުން ހޫނުވީ އެ މަގާމަށް ވަހީދު ހޮވުމަށް 48 ވޯޓު ބޭނުންވާއިރު، ވަހީދަށް ލިބުނީ 47 ވޯޓު ކަމަށް އިއުލާން ކުރުމާއި އެކުއެވެ. އޭގެ ފަހުން މައްސަލަ ހޫނުވެ ވަހީދު ވަނީ އޭނާގެ ނަން އަނބުރާ ގެންގޮސްފައެވެ.
މީގެކުރިން އެ މަގާމުގައި ހުރީ ފައްޔުާޒް އިސްމާއިލެވެ. ފައްޔާޒް މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހު 23 ވަނަދުވަހެވެ.